ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމަށް އެގްޒެމިނަރަކު ހޯދުމާއި ގުޅޭ

ކަނޑު އުޅަދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމަށް އެގްޒެމިނަރަކު ހޯދުމާއި ގުޅޭ

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް މި ކައުންސިލުން ކުރިއަށްގެންދިއުމަށް ބޭނުންވާތީ، ލައިސެންސް ދޫކުރުމުގެ ޢަމަލީ އިމްތިޙާނު ހަދައިދޭނެ އެގްޒެމިނަރަކު ހޯދަން ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު، 10 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ފޮތުގެ ކޮޕީ
  2. ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އުޖޫރަ:

މި މަސައްކަތަށް ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ، އިމްތިޙާނުކުރާ ކޮންމެ އުޅަނދަކަށް -/50 (ފަންސާސް) ރުފިޔާއެވެ.

އިސްކަންދެވޭނެ ޝަރުޠުތައް:

މި މަޤާމަށް މީހަކު ހޮވުމުގައި، ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް ނެގިފަހުން 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަހުގެ ދުއްވުމުގެ ތަޖުރިބާ ލިބިފައިވުމާއެކު، ނިޔަމިކަމުގެ ސެޓްފިކެޓް އޮތް އަދި ލައިސެންސްގެ ގިނަ ކެޓަގަރީތައް ފުރިހަމަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮގަސްޓް 2026
ހޯދާ