މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހުރި އެލުމިނިއަމް، ޕްލާސްޓިކް، ކާޑް ބޯޑު އަދި ދަގަނޑު 02 (ދޭއް) އަހަރުގެ މުއްދަތަށް ވިއްކުމާ ގުޅޭ

އިޢުލާން

އޭދަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ހުރި އެލުމިނިއަމް، ޕްލާސްޓިކް، ކާޑް ބޯޑު އަދި ދަގަނޑު 02 (ދޭއް) އަހަރުގެ މުއްދަތަށް ވިއްކުމާ ގުޅޭ

        މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބ. އޭދަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭލްކޮށް ރައްކާކުރެވިފައިވާ ނައްތާނުލެވޭ ޒާތުގެ ކުނީގެ ތެރެއިން އެލުމިނިއަމް، ޕްލާސްޓިކް، ކާޑް ބޯޑް އަދި ދަގަނޑު 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލުން ކަނޑައަޅާފައިވާ ބޭސް ރޭޓަށްވުރެ ދަށްނޫން އަގެއްގައި ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓިމޭޓް / ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ތަކެތީގެ ތަފްސީލު އަދި ކަނޑައެޅިފައިވާ ބޭސް ރޭޓް:

  • އެލުމިނިއަމް (ބޭލް ކުރެވިފައި)
  • ޕްލާސްޓިކް (ބޭލް ކުރެވިފައި)
  • ޕެޓް ޕްލާސްޓިކް (ބޭލް ކުރެވިފައި)
  • ކަލަރ ޕްލާސްޓިކް (ބޭލްކުރެވިފައި)
  • ކާޑް ބޯޑް (ބޭލް ކުރެވިފައި)
  • ދަގަނޑު

ބީލަމުގައި ރަޖިސްޓްރީވުން:

        ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 19 އޮގަސްޓް 2026 (ބުދަ) ދުވަހުން ފެށިގެން 30 އޮގަސްޓް 2026 ވާ (އާދިއްތަ) ދުވަހުގެ 13:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. މިކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓުންނާއި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވިގެންދާނެއެވެ.

ލިންކު:https://forms.gle/HRHhjXPwDD85ovtr6

މައުލޫމާތު ސާފުކުރުމާއި ސައިޓް އިންސްޕެކްޝަން:

       ބޭލްކޮށްފައިވާ ތަކެތި ބަލައި ސައިޓް އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކަށް 19 އޮގަސްޓް 2026 އިން 30 އޮގަސްޓް 2026 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އޭދަފުށީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރަތްކުރެވޭނެއެވެ.

 

ބީލަން ހުށަހެޅުން:

         ބީލަން ހުށަހެޅުން އޮންނާނީ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ .ބީލަން ހުޅުވުން އޮންނާނީ 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

          މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 އޮގަސްޓް 2026
ހޯދާ