ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުމަށް
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި އަމަލީ އިމްތިހާނު ދޭ އެގްޒާމިނަރުން ހޯދުމަށް ބޭނުންވެއެވެ.
ބޭނުންވާ އަދަދު: 01
އެލަވަންސް:
- ޓެސްޓް ކުރާ ކޮންމެ ޓެސްޓަކަށް 100 ރުފިޔާ
އެގްޒާމިނަރުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ތިރީގައިވާ ތަކެއްޗާއިއެކު މިއިދާރާއަށް 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected] މި އީމެއިލްއަށެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- އެގްޒަމިނަރަކަށް ވުމަށް އެދި ހުށައަޅާ ސިޓީ،
- ހުށައަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ،
- ކަނޑުގެ ލައިސެންސް ފޮތުގެ ކޮޕީ (ކަނޑުގެ ލައިސެންސް ނެގިފަހުން 1 އަހަރުވެފައިވާ)
- ނިޔަމި ކަމުގެ ސަނަދު ކޮޕީ
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 އޮގަސްޓް 2026
ހޯދާ
