މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނޫމަރާގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރުން ހޯދުމާއި ގުޅޭ

ށ. ނޫމަރާގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރުން ހޯދުމާއި ގުޅޭ

                   ށ. ނޫމަރާގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދިނުމުގެ ޚިދުމަތަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. އެގްޒެމިނަރގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން (ގިނަ ކެޓަގަރީތައް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޚާއްސަކޮށް ABCDE އޮތުންމުހިންމެވެ).
  • އަދި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ވެފައިވާ ފަރާތެއްކަން ވުން.
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 2 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރިފަރާތެއް ކަމުގައިވުން.

 

                      ވީމާ، އެގްޒަމިނަރަކަށް ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެގްޒަމިނަރަކަށް ވުމަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ނިޔަމިކަމުގެ ސަނަދުގެ ކޮޕީ އާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސެންސް ގެ އަސްލާއެއްގޮތްކަމުގެ ކޮޕީއާއެކު 2026 އޮގަސްޓް 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން  ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ހަމަޖެހިފަވާ އުސޫލުގެމަތިން އެގްޒާމް ހިންގޭ ކޮންމެ ދުވަހަކަށް އެލަވަންސެއްގެ ގޮތުގައި 500.00ރ (ފަސްސަތޭކަ ރުފިޔާ) ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮގަސްޓް 2026
ހޯދާ