ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ އޭއައި ހަރޑްވެއަރ އަދި ޑޭޓަރ ސެންޓަރ އިންފްރަސްޓްރަކްޗަރ ސަޕްލައިކޮށް އިންސްޓޯލްކޮށްދޭން ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ބީލަމުގައި ރެޖިސްޓަރީވުން: 27 އޮގަސްޓް 2026، 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް
ލިންކް: https://forms.cloud.microsoft/r/Q8nYfeV5Hg
- ބީލަން ހުށަހެޅުމާއި ހުޅުވުން: 30 އޮގަސްޓް 2026، 10:00 އަށް
ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 30 އޮގަސްޓް 2026، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.
05 ރަބީޢުލްއައްވަލް 1448
