ދިވެހިރާއްޖެ
އިޢުލާން
ތިން އަހަރު ދުވަހުގެ މުއްދަތަށް މި އޮތޯރިޓީގެ އޮފީސް އިމާރާތް ފޮޅާސާފުކޮށްދިނުން
މި އޮތޯރިޓީންދޭ މައުލޫމާތާއި އެއްގޮތަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ ހިންގަމުންގެންދާ އޮފީސް އިމާރާތް 3 އަހަރުދުވަހުގެ މުއްދަތައް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކޮށްފައިވާ ނަންބަރު (IUL)221-ASS/221/2026/9 (11 މެއި 2026) އިއުލާނާއި ގުޅިގެން ފޯރުކޮށްދެވިފައިވާ މައުލޫމާތު އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާތިވެ އެ އިއުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޯގަސްޓް 18 ވާ އަންގާރަ ދުވަހުން ފެށިގެން 2026 އޯގަސްޓް 25 ވާ އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/6MzpZsLQAm
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
