ކޮޅުމަޑުލު މަޑިފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގެ ފާޚާނާ މަރާމާތުކުރުމާއި ގުޅޭ (2 ވަނަ އިޢުލާން)

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، ކޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ފާޚާނާގެ މުށިތައް ތަޅައި ސާފުކޮށް އައު ފާޚާނާއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (ނަންބަރު 643-A/2026/12) އިޢުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ލިބިފައި ނެތުމާއި، ލިބިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ މަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.

މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:00 މަޑިފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާއިރު، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ޙާޟިރުވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ވިޔަފާރިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ މި ކޯޓުގެ ނަންބަރު 6780029 އަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި ކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

18 އޮގަސްޓް 2026
ހޯދާ