މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްގަހުގެ ބަދަލު ދިނުމާ ގުޅޭ

             ނ. ފޮއްދޫގައި ސަރުކާރުން ހިންގި މަޝްރޫޢެއްގައި ނުވަތަ ކައުންސިލުން ހިންގި މަޝްރޫޢެއްގައި ނަމަވެސް ނަގާފައިވާ ރުކެއް ނުވަތަ ގަހެއް ނަމަވެސް 18 އޯގަސްޓް 2026 ގެ ނިޔަލަށް، ބަދަލު ލިބިފައި ނުވާ ފަރާތެއްވާނަމަ 20 ސެޕްޓެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެކަން ސިޓީ އަކުން މިއިދާރާއަށް އަންގަވާ ދެއްވުން އެދެމެވެ. މި ދެންނެވުނު ސިޓީގައި ރުއް ނުވަތަ ގަސް ނަގާފައިވާ ސަރަޙައްދު އަދި ރުއް ނުވަތަ ގަސް ނަގާފައިވަނީ ސީދާ ކޮން މަޝްރޫޢު އެއްކަން އެނގޭނަމަ އެކަންވެސް ބަޔާންކޮށްދެވުން އެދެމެވެ.

             ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 އޮގަސްޓް 2026
ހޯދާ