ދިވެހިރާއްޖެ
ރ.މާކުރަތުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމުގެ (ލަކުޑި އަދި ފައިބަރު) މަސައްކަތް ފިޔަވާ އެހެނިހެން ސިނާޢީ މަސައްކަތްތައް ކުރުމަށް ކުލީ ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ކުލީ ބިމުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު
ކުލީ ބިން: 50 × 100 ފުޓް ( 5000 އަކަފޫޓް) (1 ބިން)
ބިން ދޫކުރާ މުއްދަތު: 15 (ފަނަރަ) އަހަރު ދުވަސް
ބިމު ކުލި: އަކަފޫޓަކަށް 0.50 (ފަންސާސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމް މާކުރަތު ކައުންސިލްގެ އިދާރާއިން އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލްގެ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. މިބީލަމާއި ގުޅޭ އެންމެހައި މަޢުލޫމާތު، ބިޑް ޑޮކިއުމަންޓްގައި ހިމަނާފައިވާތީ، ޕްރީ ބިޑް މީޓިން ބާއްވާގޮތަށް ހަމަޖެހިފައި ނުވެއެވެ. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާކުރަތު ކައުންސިލް އިދާރާގައެވެ.
ބިން ދޫކުރެވޭނެ ފަރާތްތަކުގެ ޝަރުތު:
¬ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތައް
¬ ޙުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތެއް ކަމުގައި ނުވުން
¬ މާކުރަތު ކައުންސިލުން ދޫކޮށްފައިވާ ކުލީބިމުގެ އެއްބަސްވުމާއި އެއްގޮތަށް ކުލި ދައްކަމުންދާ ފަރާތްތައް
¬ މާކުރަތު ކައުންސިލަށް ބިން ހަވާލުކުރުމަށް އެންގުމުންވެސް ބިން ހަވާލުކޮށްފައިނުވުމުން ޝަރުއީ ކޯޓަށް މައްސަލަ ހުށަހަޅާފައި ނުވާ ފަރާތްތައް.
މި ބީލަމާއި ގުޅިގެން ދޫކުރެވޭ ބިން ބޭނުން ކުރުމުގައި ޢަމަލުކުރާނީ، "ކައުންސިލްގެ އިޙުތިޞާސް ތެރޭގައި ހިމެނޭ އެންމެހައި ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ނަންބަރު: (OTHR)305-CB305/305/2024/1 އުޞޫލާއި" އެއްގޮތަށެވެ. މި އިޢުލާނާއެކު ކުލީ ބިން ހިމެނޭ ސަރަހައްދު އަންގައިދޭ ޗާޓް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކައުންސިލްގެ ނަންބަރު: 6584030 ފޯނާއި ގުޅުއްވައި ނުވަތަ މިކައުންސިލްގެ އީ-މެއިލް އެޑްރެސް [email protected] އަށް ލިޔުއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
