ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ހިދާޔާސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް އަދި ޓައީ ފަހައިދީ ވިއްކައިދޭނެ ފަރާތެއް ހޯދުން

                      

ހިދާޔާ ސްކޫލް

  ނ.މިލަދޫ                                                 

ނަމްބަރު:GS116(IUL) /2026/0023 

އިޢުލާން

ހިދާޔާސްކޫލު ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯރމް އަދި ޓައީ ފަހައިދީ ވިއްކައިދޭނެ ފަރާތެއް ހޯދުން

 

              މިސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަދި ޓައީ ފަހައިދީ ވިއްކާދޭނެ ދެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 17 އޮގަސްޓް 2026 ން 23 އޮގަސްޓް 2026ގެ ނިޔަލަށްތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/K3SYFzsd6P3QYMaP6

 

މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 އޮގަސްޓް 2026 ވަނަ ދުވަހުގެ ކުރިން މިސްކޫލުގެ އީމެއިލް [email protected] އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ   27 އޮގަސްޓް 2026 ވާބުރާސްފަތި ދުވަހުގެ 14:00 ގައި ހިދާޔާސްކޫލް ގައެވެ.

މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

 

                04 ރަބީއުލްއައްވަލް 1448

               

 

                                     

 

 

 

 

 

 

 

17 އޮގަސްޓް 2026
ހޯދާ