ދިވެހިރާއްޖެ
|
|
ކަނޑު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒެމިނަރުން ހޯދުމާއި ބެހޭ އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކުރާ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ،ގދ. މަޑަވެލި ކައުންސިލް އިދާރާއިން ދިނުމުގެ ޚިދުމަތް ފެއްޓުމަށްޓަކައި ކަނޑު ދުއްވުމުގެ ޢަމަލީ އިމްތިޙާން ދެއްވުމަށް އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.މި އިމްތިހާން އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑަ އަޅާ ތަނެއްގައެވެ.އަދި އެގްޒަމިނަރެއްގެ ގޮތުގައި އެހެން ވަޒީފާ އަދާކުރާ ފަރާތްތަކުން ވެސް ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް އެގްޒަމިނަރެއްގެ ގޮތުގައި އުޅެވިދާނެއެވެ. |
||
|
|
ކަނޑު ދުއްވުމުގެ އަމަލީ އިމްތިޙާން ދިނުމަށް ބޭނުވާ އެގްޒަމިނަރުން: |
||
|
ބާނުންވާ ޢަދަދު |
04 (ހަތަރެއް) |
|
|
|
އުޖޫރަ: |
ޓެސްޓް ކުރާ ކޮންމެ ކަނޑު އުޅަނދަކަށް -/100 ރުފިޔާ |
|
|
|
ޝަރުޠު |
1. A,B,C,D,G މި އިން ކެޓަގަރީއެއްގެ ނުވަތަ ކެޓަގަރީތަކުގެ ލައިސަންސް އޮތުން |
|
|
|
|
2. ނިޔަމި ކޯސް ކެޓަގަރީ 1 ނުވަތަ 02 ގެ ސެޓްފިކެޓް ޙާސިލްކޮށްފައިވުން |
|
|
|
|
3. ފާޢިތުވި 05 އަހަރުދުވަހުގެ ތެރޭގއި ޓުރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، ޖިނާއީ ކުށެއްކޮށް އަދި ޝަރީޢަތަށް ސާބިތުވެފައި ނުވުން. |
|
|
|
|
4. އެގްޒަމިނަރުން ހޮވުމުގައި ގިނަ ކެޓަގަރީ ތަކުގެ ލައިސަންސް އޮތްފަރާތަކަށް އިސްކަން ދެވޭނެއެވެ. |
|
|
|
|
5. ލައިސަންސް ނެގި ފަހުން މަދުވެގެން 01 އަހަރުދުވަހު އުޅަނދުފަހަރު ދުއްވުމުގައި ހޭދަކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. |
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
ފުރިހަމަ ކޮށްފައިވާ (ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރަކަށްވުމަށް އެދޭ ފޯމް) |
|
|
|
|
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ |
|
|
|
|
ޕޮލިސް ރިޕޯޓް(ދޫކުރި ތާރީޚުން ފެށިގެން 03 މަސް ހަމަނުވާ) |
|
|
|
|
ކުށުގެ ރިކޯޑު ފޯމު |
|
|
|
|
އަސްލާ އެއްގޮތްކަމުގެ ތައްގަޑު ޖަހާފައިވާ މުއްދަތު ހަމަނުވާ ކަނޑުގެ ލައިސަންސްގެ ކޮޕީ |
|
|
|
|
ނިޔަމި ކޯސް ސެޓްފިކެޓް ކޮޕީ |
|
|
|
|
ވުމާއިއެކު ،ކަނޑު ދުއްވުމުގެ ޢަމަލީ އިމްތިޙާން ދެއްވުމަށް އެގްޒަމިނަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން 27 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.އެގްޒަމިނަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމާއި ،ކުށުގެ ރިކޯރޑް ސާފުކުރާ ފޯމް މިއިޢުލާނާއި އެކު އެއްކަރުދާސްކޮށް ވަނީ ގެޒެޓްކުރެވިފައެވެ.އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840114 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ، |
||
