މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ކޯޕަރޭޓް ގިފްޓްސް އަދި 2027 ވަނަ އަހަރުގެ ކަލެންޑަރ ފަރުމާކޮށް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދުން

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީގެ ކޯޕަރޭޓް ގިފްޓްސް އަދި 2027 ވަނަ އަހަރުގެ ކަލެންޑަރ ފަރުމާކޮށް ތައްޔާރު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

 ބީލަމުގައި ބައިވެރިވެވޭނީ ރެޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ލިންކް Bidder Registration މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ރެޖިސްޓްރީވެވޭނެއެވެ. ބީލަމުގައި ބައިވެރިވެރިވުމައް ރެޖިސްޓްރީ ވެވޭނީ 16 އޮގަސްޓް 2026 އިން 19 އޮގަސްޓް 2026 ގެ ނިޔަލަށެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 20 އޮގަސްޓް 2026 ވާ ދުވަހުގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

23 އޮގަސްޓް 2026

10:30

މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް

އަގު ހުށައެޅުން

26 އޮގަސްޓް 2026

10:30

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން، 6 ވަނަ ފަންގިފިލާ

 ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތު:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.

ނޯޓް: ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/5،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް އަދި ލެޓަރ ނުވަތަ އިންޝުއަރެންސް ކުންފުނިތަކުގެ ގެރެންޓީ ލެޓަރ އެވެ. މި ބީލަމުގެ މަސައްކަތާއި ބީލަން ހުށައެޅުމަށް ބޭނުންވާ އިތުރު މައުލޫމާތު އަންގައިދޭ ލިޔެކިޔުންތައް މިއިއުލާން އާއި އެކު ގެޒެޓްކުރެވިފައި ވާނެއެވެ.

ޓެންޑަރ ޑިޕާޓްމަންޓް

16 އޮގަސްޓް 2026
ހޯދާ