ދިވެހިރާއްޖެ
ގދ.ގައްދޫ އަމާނާތު މިސްކިތުގެ ކަރަންޓް ވައިރު އަދި މިސްކިތު ފެންޑާމުގެ ސީލިންގ ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ގދ.ގައްދޫ މަސްޖިދުލް އަމާނާތު މިސްކިތުގެ ކަރަންޓް ވައިރިންގ ބަދަލުކުރުމާއި، މިސްކިތުގެ ފެންޑާމުގެ ސީލިން ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅިގެން މަސައްކަތު މާހައުލަށް ގޮސް މައުލޫމާތުދިނުން 17 އޯގަސްޓް 2026 އިން 20 އޯގަސްޓް 2026 ނިޔަލަށް ކޮންމެދުވަހަކު ހެދުނު 10:00 އިން 11:00އަށް އޮންނާނެއެވެ. މި މައުލޫމާތު ލިބިގަތުމަށް 7905301 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެދުނު 11:00ގައި ގދ.ގައްދޫ ކައުންސިލްގެ އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ހުށަހެޅުން ބަލައިނުގަނެވޭނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
