މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނު ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ބައެއް މެޝިނަރީޒް ފޯރުކޮށްދިނުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ދޮންފަނު ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ ބައެއް މެޝިނަރީޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)317-PP/317/2026/29 އިޢުލާންގެ ސެޕެސިފިކޭޝަންތައް ބަދަލުކުރުމަށް ބޭނުންވާތީ މަތީގައި ދެންނެވުނު އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.  ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  ކައުންސިލްގެ އީމެއިލް  [email protected] އަށް ފޮނުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މިބީލަމާއިގުޅޭ އިތުރު މައުލޫމާތު ބީލަމުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށް އީމެއިލްއިން ހިއްސާކުރެވޭނެއެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު:

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން: 23 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް
  • ބީލަން ހުށަހެޅުން: 30 އޮގަސްޓް 2026 ވަނަ ދުވަހުގެ 11:00 ގައި ބ.ދޮންފަނު ކައުންސިލް އިދާރާގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއްހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އިދާރާގެ ނަންބަރު 4005054 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

16 އޮގަސްޓް 2026
ހޯދާ