ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 އޮގަސްޓް 2026 10:43 ގައި ބާތިލް ކުރެވިފައެވެ.
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރްސިންގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން ހަނދުވަރީ ހިގުމުގައި ހުންނަ މި އޮފީހުގެ އެސް ބްލޮކް ( އެފް އެޗް އެސް ބިލްޑިންގ) ގައި 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް ހަނދުވަރީ ހިގުމުގައި ހުންނަ މި އޮފީހުގެ އެސް ބްލޮކް ( އެފް އެޗް އެސް ބިލްޑިންގ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް އެސް ބްލޮކަށް ( އެފް އެޗް އެސް ބިލްޑިންގ) ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި ޔުނިވަރސިޓީއަށް ނެގުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ފެކަލްޓީ އޮފް ހެލްތް ސައެންސަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ކ.މާލެ، ދިވެހިރާއްޖެ ފޯން: 3346551 އީ-މެއިލް: [email protected] |
16 އޯގަސްޓް 2026
ނީލަން ކިޔުމުގެ އުޞޫލު
- ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ މުދާތައް ބައިބަޔަށް ބަހައިގެން ލޮޓުގެ ގޮތުއެވެ. ކޮންމެ ލޮޓަކަށް ދެވިފައިވާ ސުމާރު ނަންބަރު އެ ލޮޓެއްގައި ހަރުކުރެވިފައި ހުންނާނެއެވެ.
- ފުރަތަމަ ފަހަރަށް ނީލަން ކިޔައިގެން މުދާ ނުވިކިއްޖެނަމަ އަލުން އިޢުލާންކޮށްގެން އުސޫލާއި އެއްގޮތަށް ނީލަން ކިޔޭނެއެވެ. 2 ފަހަރު ނީލަން ކިޔައިގެންވެސް ނުވިކި ހުންނަ މުދާތަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ނައްތައިލެވޭނެއެވެ.
- ނީލަން ފަށާ އަގަށް ކޮންމެ ފަހަރަކު އިތުރުކުރެވޭނެ އަގު ތަފްސީލު ޝީޓުގައި ހިމެނިފައިވާނެއެވެ.
- ނީލަން ކުރިއަށްގެންދެވޭނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 މެމްބަރުންގެ ހާޒިރުގައި، ކަނޑައެޅިފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކަށް ވަގުތުން އެނގޭނެއެވެ.
- ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެ އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން އިތުރު އަގެއް ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރިކަމުގައި ނިންމޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޔުނިވަރސިޓީއަށް ދައްކައި ޚަލާސް ކުރަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސް ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް، އެ މުދަލެއް އަލުން ނީލަންކިޔޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ.
