މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

1. ރ.އިނގުރައިދޫ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި، ބޭނުންވާ މެކޭނިކަލް ކޮމްޕޯސްޓް ސިސްޓަމް ( ކާބޯތަކެތިން އުފެދޭ ކުނި (ބަދިގެ ބާކީ) ރައްކާތެރިގޮތުގައި ކާދަށް ބަދަލުކުރުމުގެ ނިޒާމް) ޤާއިމްކުރުމަށް ބޭނުންވާ އާލާތްތައް މިއިދާރާއަށް ސަޕްލައި ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 27 އޮގަސްޓު ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރެޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެއެވެ.

    * ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 7717700403001  / 1350 REVENUE 1

3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 26 އޮގަސްޓު ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 02 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 09 ސެޕްޓެންބަރު ވާ ބުދަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

         އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

         ފޯނު ނަންބަރު: 6580028

         އީ-މެއިލް: [email protected]

         ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

16 އޮގަސްޓް 2026
ހޯދާ