ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ 84 ވަނަ ގަޢުމީ ދުވަހާއި ގުޅުވައިގެން، 2026 އޯގަސްޓް 21 ވާ ހުކުރު ދުވަހު، ފަރުމަސް ބޭނުމުގެ މަސްރޭހެއް ބޭއްވުމަށް ވަނީހަމަޖެހިފައެވެ.
މަސްރޭހުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރީ ނަންބަރު އޮޑީގައި ޖަހާފައިވާ އުޅަނދުފަހަރަށެވެ.
މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިމިވަނީއެވެ.
(ހ) މުބާރާތުގައި އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 5000.00 ރުފިޔާ
(ށ) މުބާރާތުގައި ދެވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 3000.00 ރުފިޔާ
(ނ) މުބާރާތުގައި ތިންވަނައަށް އެންމެ ގިނަ ކިލޯ ކިރުވާ ޓީމް – 1500.00 ރުފިޔާ
(ރ) މުބާރާތުގައި އެންމެ ބަރު މަސް ކިރުވާ ޓީމް – 500.00 ރުފިޔާ
ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2026 އޯގަސްޓް 19 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/nGPKMehg2GbUMzUd6 ފުރިހަމަ ކުރާށެވެ. މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
