ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސްގައި ޚިދުމަތްކުރާނޭ ޤާނޫނީ ވަކީލުން ހޯދުމާގުޅޭ

2027 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ކޮމިޓީ އޮފް އެކްސްޕަރޓްސް (ސީ.އޯ.އީ)ގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

 

މަޤާމު / މަސައްކަތް

 

ކޮމިޓީގެ މަސައްކަތް:

މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 75 ވަނަ މާއްދާގެ (ހ) އިން ބާރު ލިބިގެން، ބާ އިމްތިޙާނުގެ މުޤައްރަރާ ގުޅޭ ގޮތުން ގޮތް ނިންމައި، ބާ އިމްތިޙާނާ ގުޅޭ އެހެނިހެން ފަންނީ ކަންކަމުގައި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށްޓަކައި އެކުލަވައިލެވިފައިވާ ކޮމިޓީއެކެވެ.

ކޮމިޓީ އޮފް އެކްސްޕަރޓްސް (ސީ.އޯ.އީ) އަކީ ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ފަރާތްތަކާއި، ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވައިލެވޭ ޓެކްނިކަލް ކޮމިޓީއެކެވެ.

މެންބަރުން ބޭނުންވާ ޢަދަދު:

20

ކޮމިޓީގެ ދައުރާއި މަސައްކަތަށް ހޭދަވާނެ ވަގުތު:

މި ކޮމިޓީގެ ދައުރަކީ، އެ އަހަރެއްގެ ބާ އިމްތިޙާނުގެ މަސައްކަތްތައް ފަށާ ތާރީޚުން ފެށިގެން، އިމްތިޙާނުގެ މަސައްކަތްތައް ނިމުމާ ހަމައަށެވެ.

އެގޮތުން، 2027 ވަނަ އަހަރުގެ އިމްތިޙާނުގެ މަސައްކަތް އޮކްޓޯބަރު 2026 އިން ފެށިގެން 2027 ވަނަ އަހަރުގެ އިމްތިޙާނު ނިމެންދެން ކުރިއަށްދާނެއެވެ. ނަމަވެސް، ކޮމިޓީގެ މައިގަނޑު މަސައްކަތްތައް ހިނގާނީ އޮކްޓޯބަރު 2026 އިން ޖެނުއަރީ 2027 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މަސައްކަތަށް ހޭދަވާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 10 ގަޑިއިރެވެ.

އަސާސީ ޝަރުތުތައް:

ކޮމިޓީގައި ކުރިމަތިލައްވާ ފަރާތްތަކުގައި އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން؛
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  3. ޤާނޫނީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ނުވަތަ ޤާނޫނީ ތަޢުލީމު އުނގަންނައި ދިނުމުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
  4. ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަވުން.

ކޮމިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް:

  1. ބާ އިމްތިޙާނުގެ މުޤައްރަރު ދިރާސާކޮށް ފައިނަލްކުރުން؛
  2. ބާ އިމްތިޙާނުގެ މުޤައްރަރާގުޅޭ ރީޑިންގ ލިސްޓް ފައިނަލްކުރުން؛
  3. ބާ އިމްތިޙާނުގައި ބޭނުންކުރާނެ ބަހެއް ކަނޑައެޅުން؛
  4. ކޮމިޓީގެ މެންބަރުންގެ ތެރެއިން ވަކި މާއްދާތަކަށް "ސަބްޖެކްޓް މެޓަރ އެކްސްޕަރޓްސް" ކަނޑައެޅުން؛
  5. ބާ އިމްތިޙާނާގުޅޭ އެހެނިހެން ކަންތައްތަކުގައި ބާ ކައުންސިލަށް ލަފާދިނުން؛
  6. ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީން ކަޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މުސާރަ އާއި އެލަވަންސް:

މި ކޮމިޓީގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަނަވަރު
  2. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

 

ނޯޓް: ވަނަވަރުގައި ކޮމިޓީގެ މަޤާމާ ގުޅޭ ތަޖުރިބާ ނުވަތަ މަސައްކަތްތައް ސާފުކޮށް ބަޔާންކުރުމަށް ނުވަތަ ފެންނާނެގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު ހުށައެޅުމަށް ސަމާލުކަން ދޭންވާނެއެވެ.

 

އެޕްލިކޭޝަން ހުށައެޅުން:

މި ކޮމިޓީގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅާނީ ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް މެދުވެރިކޮށެވެ.

 

ގޫގްލް ފޯމް: https://forms.gle/aGKNbgN53THor3dVA

ސުންގަޑި:

31 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 8:00

 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected]  އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޮގަސްޓް 2026
ހޯދާ