މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕަބްލިކް ހެލްތު

އިޢުލާން  

މި މަގާމަށް ކުރި ނަމްބަރ 449/449/2025/99 (IUL) އިއުލާނު (03 ޑިސެމްބަރ 2025) ބާތިލް ކުރައްވާފައިވާތީ އަލުން އިއުލާނުކުރަމެވެ. މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

 މަޤާމު

 ޑިރެކްޓަރ، ޕަބްލިކް ހެލްތު

 މަޤާމުގެ ނަންބަރު

J-418173 

 ބޭނުންވާ އަދަދު

 1 (އެކެއް)

 މަޤާމުގެ ގިންތި

 ދާއިމީ

 މަޤާމުގެ ރޭންކް

 ޕަބްލިކް ސަރވިސް ރޭންކް  9B- ސްޓެޕް 1

 ޑިވިޝަން/ ސެކްޝަން

 މޯލްޑިވިއަން ބްލަޑް ސަރވިސަސް

 ވަޒީފާ އަދާކުރަންޖެހޭ   ތަން

 ސެންޓްރަލް ބްލަޑް ބޭންކް

 މުސާރަ

 -/15،100 ރުފިޔާ

 މަގާމުގެ އެލަވަންސް

 -/7047 ރުފިޔާ

 ޙާޟިރީ ޢިނާޔަތް

 -/191 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

 އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް

  1. ސެންޓްރަލް ބްލަޑް ބޭންކުގައި، ބްލަޑް ޑޯނަރ ރެކްރޫޓްމަންޓް އަދި ރިޓެންޝަނަށް ބޭނުންވާ ޕްރޮގްރާމްތަކާއި އަދި ރީޖަނަލް މޮނީޓަރިންގ އެންޑް ކޯޑިނޭޝަނާ ގުޅުން ހުރި މަސައްކަތްތައް ކަނޑައެޅުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަށް އެހީތެރިވުމާއި، އަދި އެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމުގައި، ކޮންމެ ދުވަހަކު ހަރަކާތްތައް އިންތިޒާމު ކުރުމާއި އަދި މެދުނުކެނޑި ގަވައިދުން ވިލަރެސްކުރުން.
  2. ލޭ ހަދިޔާ ކުރުމާބެހޭ ގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް، ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން އަދި ވިލަރެސްކުރުމަށްޓަކައި ޚިދުމަތް ޒަމާނީ ކުރުމާއި، ހިންގަންޖެހޭ ޕްރޮގްރާމްތައް ގަވައިދުން ހިންގުމާއި، އަމިއްލައަށް އަދި މުވައްޒަފުން މެދުވެރިކޮށް ނިންމުން. މީގެ ތެރޭގައި، ވެބްސައިޓް އަދި އެޕްލިކޭޝަން، މީސް މީޑިއާ އަދި އެނޫންވެސް މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ހަރަކާތްތަކުގެ ޕްލޭން އެކަށައަޅައި އަދި ޝެޑިއުލްކޮށްގެން، އެކި ޑިވިޜަން އަދި ސެކްޝަންތަކުގެ މުވައްޒަފުންގެ ބައިވެރިވުން ހޯދައިގެން އިސްވެ ހުރެ ފުރިހަމަ ކުރުން.
  1. އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ މީހުންނާއި، ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރާ މީހުންނާއި އަދި އެހެނިހެން ގޮތްގޮތުން ލޭ ހަދިޔާކުރާ ކޮމިއުނިޓީގެ ދަފްތަރު ދުވަހުން ދުވަހަށް އަދާމަކޮށް ބެލެހެއްޓުމާއި އަދި ކަމާގުޅޭ ރިޕޯރޓްތައް ކޮންމެ ދުވަހަކު އެކުލަވާލުން.
  1. މަސައްކަތް ކުރާ ސެކްޝަންގެ މުވައްޒަފުން ތަމްރީން ކުރުމާއި، ގާނޫނު އަދި ގަވައިދާ އެއްގޮތަށް މަސައްކަތް ކުރުވުމާއި ކުރޭތޯ ބެލުމާއި، ކޮންމެ މަހަކު ފެންވަރު ބެލުމާއި، ޑިއުޓީ ތާވަލު ޑްރާފްޓް ކުރުމާއި އަދި މުވައްޒަފުންނާ ގުޅޭ ކަންކަން ގަވައިދުން ކުރިޔަށް ގެންދިޔުމުގައި އިދާރާއަށް އެހީތެރިވުން.
  1. ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރު އެޅުމުގެ ގޮތުން، ލޭ ހަދިޔާކުރާ ފަރާތްތަކުން އެންމެ އަވަހަށް ލޭ ދެވޭނެ މުއްދަތުކަމުގައިވާ ކޮންމެ ތިންމަހުން އެއްފަހަރު ލޭ ހަދިޔާ ކޮށްދިނުމަށް އެދި، ހަނދާންކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުން އަދި ހަނދާން ކޮށްދެވުނު ކަން ޔަގީންކޮށް އެންމެހައި ރިކޯޑްތައް ލިޔުމުން ބެލެހެށްޓުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށް ގަވައިދުން ފުރިހަމަކުރުން.
  1. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމުކުރެވޭ ބްލަޑް ޓްރާންސްފިއުޝަން ސެންޓަރުތަކުގެ ފޯކަލް ޕޮއިންޓުންގެ މައުލޫމާތު ކޮންމެ ހަފްތާއަކު އަދާ ހަމަކޮށް، މުޅި ރާއްޖޭގެ ޓްރާންސްފިއުޝަނާ ގުޅޭ އެންމެހާ މައުލޫމާތު ޕޯރޓަލް މެދުވެރިކޮށް އަދާހަމަކުރުމަށާއި، މިނިސްޓްރީ އޮފް ހެލްތަށް ރިޕޯރޓްކުރުމަށް އަދި ވިލަރެސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމުކޮށް ކޮންމެ ދުވަހަކު ފުރިހަމަކުރުން.
  1. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ލޭ ހޯދުމާއި، ރައްކާކުރުމަށާއި އަދި ފޯރުކޮށްދިނުމަށް ބޭނުންވާ ޕްލޭންތައް އެކަށައެޅުމުގައި އެހީތެރިވުމާއި، ޕްލޭން ތަންފީޒުކުރުމަށް ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުމާއި އަދި ފުރިހަމަކުރުވުން. އެގޮތުން މިޚިދުމަތް ދެވޭ ކަން ކަށަވަރުކުރުމަށް ސެންޓްރަލް ލެވެލްގައި ވިލަރެސްކޮށް ކޮންމެ ދުވަހަކު މި މަސްއޫލިއްޔަތާ ގުޅުން ހުރި މަސައްކަތްތައް ނިންމުން.
  1. ޑޯނަރ ރިލޭޝަންސް ސެކްޝަނާއި އަދި ބެލެހެށްޓުމަށް ހަވާލުކުރެވޭ އެހެން ސެކްޝަންތަކުގެ މަސައްކަތްތައް އިންތިޒާމުކުރުމާއި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އިދާރީ ކަންކަން ކުރުމާއި އަދި ކުރުވުމާއި، ސެކްޝަނުގެ މުވައްޒަފުންނާ ގުޅޭ ކަންކަން ގަވައިދުން ފުރިހަމަކުރުމާއި، ސުޕަވައިޒުކުރުން އަދި ކޮންމެ މަހަކު މުވައްޒަފުންގެ ފެންވަރު ބެލުމުގެ ކަންކަން ފުރިހަމަކުރުން.
  1. ލޭ ހަދިޔާ ކުރުމާއި އަދި އެނޫންވެސް ޞިއްޙީ ދާއިރާއާ ގުޅުން ހުރި ދުވަސްތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާއި އިދާރާއިން ކަނޑައަޅާ ހަރަކާތްތައް ފާހަގަކުރުމަށާއި އަދި ހިންގުމަށްޓަކައި، އެކްޓިވިޓީ ކަލަންޑަރެއް ކަނޑައަޅައި، ވިލަރެސްކުރުމާއި އަދި ދުވަސް ފާހަގަކުރުމުގެ އިންތިޒާމުތައް ވަގުތުގެ ކުރީން މެނޭޖްމަންޓަށް ހުށަހަޅައިގެން ފުރިހަމަކުރުން.
  1. ބްލަޑް ކޭމްޕްތަކަށް އެދި އަންނަ ރިކުއެސްޓްތައް، އަދި ލޭހޯދުމަށާއި މަރުކަޒީގޮތެއްގައި ވިލަރެސްކުރުމަށްޓަކައި އެކިއެކި މުވާސަލާތީ ގްރޫޕްތަކާއި އަދި އީ.މެއިލްތަކަށް ކޮންމެ ދުވަހަކު ޖަވާބުދާރީވުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ އިރުޝާދު ހޯދައިގެން ޖަވާބު ދީ މަސައްކަތްތައް ފުރިހަމަ ކުރުމާއި އަދި ކުރުވުން.
  1. ސެންޓްރަލް ބްލަޑް ބޭންކު މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ލޭ ފޯރުކޮށް ދިނުމަށްޓަކައި، ބްލަޑް ކޭމްޕްތައް ރާވައި ކުރިއަށް ގެންދިއުމާއި އަދި މޫސުމް ގޯސްވުން ފަދަ ހާދިސާތަކާއި އަދި ކާރިސާތަކުގައި ހަރަކާތްތެރި ވާނެގޮތްތައް ދެނެގަނެ ޕްލޭން އެންޑޯސްކޮށް، ކުރީބައިގައި ބޭނުންވާ މިންވަރު އަންދާޒާކޮށް ލޭ ހޯދުމުގެ މަސައްކަތް ދުރާލާ ފުރިހަމަ ކުރުން.
  1. ޓްރާންސްފިއުޝަނާ ގުޅޭ ކަންކަން މޮނީޓަރކުރާ އަދި މައްސަލަ ބަލާ ކޮމިޓީ ތަކުގެ ސެކްރެޓޭރިއޭޓް އިސްވެ ބަލަހައްޓައި، ކޮމިޓީގައި ފަންނީގޮތުން ބައިވެރިވެ، ކޮމިޓީއާ ގުޅޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ކޮންމެ ހަފްތާއަކު ފުރިހަމަ ކުރުން. އެގޮތުން ދައުވަތު ދިނުމާއި، ކަލަންޑަރު ކުރުމާއި، އެޖެންޑާ އަދި ޔައުމިއްޔާއާ ހުއްދަ ނެގުމާއި މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބު ބަލައި އެ މަސައްކަތްތަކުގެ ޕްރޮގްރެސް މޮނީޓަރކޮށް ރިޕޯރޓް ކުރުން.
  1. ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރާ މަސައްކަތްތަކުގެ، އިންސިޑެންޓް ރިޕޯރޓް، ޔައުމިއްޔާ އަދި ސްޓެޓިސްޓިކްސް ރިޕޯރޓްތައް ނިންމައި، މަހު ރިޕޯރޓާއި އަދި އަހަރީ ރިޕޯރޓް ފަދަ އެންމެހައި ލިޔެކިޔުމުގެ ޞައްޙަކަން ކަށަވަރުކުރެވިފައިވާ މައުލޫމާތު ހިމެނޭ ފައިނަލް ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފުރިހަމަކޮށް ހުއްދައަށް ވަގުތުގައި އަދި ކޮންމެ މަހަކު ސުޕަވައިޒަރަށް ހުށަހެޅުން.  
  1. ލޭގެ ކޮލިޓީއާއި ޞިއްޙީ ރައްކާތެރިކަމަށް އަސަރުކޮށްފާނެ އެއްވެސް ކަމެއް، ފިނިހޫނުމިނާއި ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއް ހިންގާފާނެ އެއްވެސް ކަމެއް އިންތިޒާމު ކުރުމުގެ ތެރެއިންނާއި، އަދި އެނޫންވެސް މަރުހަލާއެއްގައި ފާހަގަވޭތޯ ބަލައި އަދި ކަށަވަރުކޮށް، އެކަންކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތާއި ސުޕަވައިޒަރުންގެ ސަމާލުކަމަށް އެވަގުތަކު ގެނެސް، އޭގެ ފަހުން އިންސިޑެންޓް ރިޕޯރޓް ޑްރާފްޓް އެކުލަވާލައި އެކަންކަމާ މަޝްވަރާކޮށް އެފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަށް މަސައްކަތްތައް އިންތިޒާމުކުރުމުގައި  ލިޔެކިޔުމުން މި މަސައްކަތް ފުރިހަމަ ކުރުން އަދި ޒިންމާވުން.
  1. ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސް ހަވާލުކުރާ، ޚިދުމަތްތަކުގެ ތަރައްޤީއަށް ޕްލޭންކުރާ މަސައްކަތްތަކާއި، ނިއު އިނީޝިއޭޓިވްސްތަކާއި، ތެލަސީމިއާ ޕޭޝަންޓް ކެއަރއާ ގުޅުން ހުރި ކަންކަމާއި އަދި ޕްރޮޖެކްޓްތަކާ ގުޅުން ހުރި މަސައްކަތްތައް ގަވައިދުން ފުރިހަމަ ކުރުމުގައި އިތުރު ވަގުތު ހޭދަކުރުން.

  16. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު (4/2012) އާއި ކަމާގުޅޭ ޤާނޫނުތަކާއި، ގަވައިދުތަކާއި،       ޕޮލިސީތަކާއި، ޕްލޭންތަކާ އެއްގޮތް ވާ ގޮތުގެ މަތީން ތެލަސީމިއާ އަކީ ގައިންގަޔަށް ނާރާ ބަލި       ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ހަދަން ކަނޑައަޅާ އުސޫލުތައް ޑްރާފްޓްކުރުމަށާއި،       ތަންފީޒުކުރުމަށް އަދި އެހެނިހެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޑޯނަރ       އެވެއަރނަސް، ރެކްރޫޓްމަންޓް އެންޑް ރިޓެންޝަން އަދި ހެލްތު ޕްރޮމޯޝަން އެންޑް             ޕްރިވެންޝަން މަސައްކަތުގައި ބައިވެރިވުމާއި އެކު އެހީތެރިވުން.

  1. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ފުރިހަމަ ކުރުމާއި، ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި އެކިއެކި ކާރިސާތަކުގައި ހަވާލުކުރާ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

 މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ       ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން. އަދި މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ       ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 ނުވަތަ,

  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ      ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4          އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު      ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 ނުވަތަ,

  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ      ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި      8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2        އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 ތަޢުލީމީ ދާއިރާ:

  • ބަޔޯ ސްޓެޓިސްޓިކްސް
  • ކޮމިނިއުކަބަލް ޑިސީޒް
  • ކޮމިއުނިޓީ ހެލްތު
  • ކޮމިއުނިޓީ ހެލްތް ނަރސިންގ
  • ކޮމިއުނިޓީ މެޑިސިން
  • ޑިމޮގްރަފީ
  • ޑައިޓެޓިކްސް
  • ޑިޒާސްޓަރ މެނޭޖުމަންޓު
  • އިމަރޖެންސީ މެނޭޖްމަންޓް
  • އެމަރޖެންސީ ޕްރިޕެއަރޑްނަސް
  • އެންޓޮމޮލޮޖީ
  • އެންވަޔަރަމަންޓް ހެލްތު
  • އެޕިޑިމިއޮލޮޖީ
  • ގްލޯބަލް ހެލްތް
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
  • ހެލްތް ކެއަރ އިވެލުއޭޝަން
  • ހެލްތް ކެއަރ މެނޭޖްމަންޓް
  • ހެލްތް އެޑިޔުކޭޝަން
  • ހެލްތު އިންފޮމެޓިކްސް
  • ހެލްތް އިންފޮމޭޝަން
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތު ޕްރޮމޯޝަން
  • ހެލްތް ރިސަރޗް
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް
  • އިންފެކްޝާސް ޑިޒީސަސް
  • މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
  • މެންޓަލް ހެލްތް
  • ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
  • ނިއުޓްރިޝަން
  • އޮކިއުޕޭޝަނަލް ހެލްތް
  • ޕޮޕިއުލޭޝަން ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ
  • ޕަބްލިކް ހެލްތު
  • ޕަބްލިކް ހެލްތް ނަރސިންގ
  • ޕަބްލިކް ހެލްތް ރިސަރޗް
  • ޕަބްލިކް ހެލްތް ސައިންސް
  • ރިޕޮރޮޑަކްޓިވް ހެލްތް

 މަޤާމުގެ މަސައްކަތުގެ   ދާއިރާތައް:

  • ޕަބްލިކް ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި   ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން   ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ   ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން   ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ   މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން   ދޫކޮށްފައިވާ ލިޔުން.

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،   ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)   ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ   މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ   ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި   މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް   ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ   ރެފަރެންސް ޗެކްފޯމް".

 ވަޒީފާއަށް އެންމެ   ޤާބިލު ފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން                      

   30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު         

   5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް 

   5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ         

   5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)           

   15

ޕްރެޒެންޓޭޝަން                            

   10

އިންޓަރވިއު                              

   30

 

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 26 އޮގަސްޓް 2026 ވާ ބުދަ  ދުވަހު  13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،   އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،   ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 ޝޯޓް ލިސްޓް ކުރުން

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 އިންޓަރވިއު  އަދި     އިމްތިޙާނު އޮންނާނެ     ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، ސެޕްޓެމްބަރ މަހުގެ   ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް   ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން   ތިބުން އެދެމެވެ.

 ވަޒީފާއަށް ކުރިމަތިލީ

 ފަރާތްތަކަށް ޕޮއިންޓް   ލިބުނު ގޮތުގެ ޝީޓް   (A2 ޝީޓް)   އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް   ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ   ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު   ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ   ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް   ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ   މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ   އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

15 އޮގަސްޓް 2026
ހޯދާ