ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކޮމިޝަނަށް މެނޭޖް ސައިބަރ ސެކިއުރިޓީ ސަރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު:(IUL)123-P/123/2026/62 އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، ދެވަނަ ފަހަރަށް އިއުލާނު ކުރަމެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އޯގަސްޓް 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2026 އޯގަސްޓް 24 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް:Bid Registration Form - MCS2 – Fill out form
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޯގަސްޓް 30 ވާ އާދިއްތަ ދުވަހުގެ 10:00ށް މި ކޮމިޝަނަށް ވަޑައިގެން، ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. މިބީލަމާ ގުޅޭ ރިކުވެސްޓް ފޯ ޕްރޮޕޯސަލް (އާރު.އެޕް.ޕީ) މިއިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ.
30 ޞަފަރު 1448
13 އޯގަސްޓް 2026
