ދިވެހިރާއްޖެ
ސޮނެވާ ޖާނީގެ ފަރާތުން މި ކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލުތަކުގެ ތެރެއިން "ހަރަހެރި 3" ގުދަނުގައި ހުރި ބައިސްކަލުތައް، ރަށުގެ އާންމު ރައްވެހިންނަށް ދޫކުރުމަށް 6 އޮގަސްޓު 2026 ކޮށްފައިވާ އިޢުލާނު ބާޠިލުކުރިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ބައިސްކަލުތަށް ރައްޔިތުނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އަލުން ބައިސްކަލު ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އަދި މިފުރުޞަތުގައި ބައިސްކަލުތައް ބެހުން ކުރިޔަށް ގެންދާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ. އެހެންކަމުން، ބައިސްކަލު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.cloud.microsoft/r/URrGgh21VS
ރަޖިސްޓްރޭޝަން ސުންގަޑި: 18 އޮގަސްޓް 2026، 14:00
ގުރުއަތު ނަގާ ތާރީޚާއި ގަޑި އަދި ތަން: 20 އޮގަސްޓް 2026، 11:00 (ކެނދިކުޅުދޫ ސޯޝަލް ސެންޓަރ)
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
30 ސަފަރު 1447
