އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލަށް ޢިމާރާތްކުރާ މިސްކިތަށް ނަމެއް ހޯދުން
އިޢުލާން
އަލަށް ޢިމާރާތްކުރާ މިސްކިތަށް ނަމެއް ހޯދުން:
މިރަށުގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށްނިންމައި، މިސްކިތް ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާކަމަށާއި، މިސްކިތަށް ކިޔާނެ ނަމެއް އެންގުމަށް މިނިސްޓްރީން އަންގަވާފައިވާތީ، ކައުންސިލްގެ 5 ވަނަ ދައުރުގެ 1 ވަނަ ކުއްލި ޖަލްސާއިން ނިންމާފައިވަނީ، ރައްޔިތުންގެ ތެރެއިން އެންމެގިނަ ފަރާތްތަކުން ހުށަހަޅާ ނަމެއް ކައުންސިލުން ފާސްކުރުމަށްފަހު ފޮނުވުމަށެވެ.
ވީމާ، މިސްކިތަށް ކިޔާނެ އެކަށީގެންވާ ނަމެއް ބަޔާންކޮށް 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކައުންސިލަށް ސިޓީ ފޮނުއްވުމަށް، އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
13 އޮގަސްޓް 2026
ހޯދާ
