ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ވީމް ބެކްއަޕް މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް އައުކުރުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ވީމް ބެކްއަޕް މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް އައުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ވީމް ބެކްއަޕް މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް އައުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

މި ކޮމިޝަންގެ ވީމް ބެކްއަޕް މައިކްރޯސޮފްޓް އޮފީސް 365 ލައިސަންސް އައުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާ އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

30 ޞަފަރު  1448

13 އޮގަސްޓް 2026   

13 އޮގަސްޓް 2026
ހޯދާ