މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގެ ލައިސަންސް އެގްޒަމިނަރ ހޯދުން

އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިޙާން ކުރިއަށް ގެންގޮސްދެއްވާނެ އެގުޒަމިނަރުން ހޯދުމަށް މިއިދާރާއިން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު: 2

އުޖޫރަ: ކޮންމެ ދުއްވުމަކަށް -/25ރ (ފަންސަވީސް ރުފިޔާ)

ޝަރުތު:

  1. ލިޔަންކިޔަން އެގުން.
  2. ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 1 އަހަރުވެފައިވާ، ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

 

ހުށަހަޅަންޖެހޭ ތަކެތި:

-          ކަނޑުގެ ލައިސަންސް ފޮތުގެ ކޮޕީ

-          ނިޔަމި ކަމުގެ ސަނަދު ކޮޕީ

-          ޕޮލިސް ރިޕޯޓް (03 މަސް ހަމަނުވާ)

-          އައި.ޑީ ކާޑުގެ ކޮޕީ

-          ހުށަހަޅާ ފަރާތުގެ ވަނަވަރު

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު، 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިއިދާރާގެ އީމެއިލް. [email protected]   ފޮނުއްވުން އެދެމެވެ.  އެގްޒަރމިނަރުން އައްޔަންކުރުމުގައި އެންމެ ގިނަ ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

13 އޮގަސްޓް 2026
ހޯދާ