މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ނީލަން ކިޔުމާއިބެހޭ.
މިއިދާރާއިން ބާވެގެން ނަގާފައިވާ ތަކެއްޗާއި އަދިވެސް މިއިދާރާގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ނީލަން ކިޔުން 21 އޯގަސްޓް 2026 ވާ ހުކުރު ދުވަހު ހަވީރު 16:15 ގައި ކައުންސިލް އާޢިމާރާތް ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 އޯގަސްޓް 2026 ވަނަ ދުވަހުގެ ހަވީރު 16:15 އަށް ކައުންސިލް އާ ޢިމާރާތް ކައިރިޔަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 23 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ފައިސާ ދައްކަވާ، ނީލަމުން ނެންގެވި ތަކެތި 21 އޯގަސްޓް 2026 ވަނަ ދުވަހުގެ ނިޔަލަށް ގެންދެވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިޢުލާނާއިއެކު ޢާއްމު ކުރަމެވެ.
13 އޮގަސްޓް 2026
ހޯދާ
