ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ތަކަންދޫ ކުރީގެ ދެމިސްކިތް ވިނަނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ހއ. ތަކަންދޫ ކުރީގެ ހުކުރު މިސްކިތާއި، އަންހެނުންގެ މިސްކިތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވިނަނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 އޮގަސްޓު 2026 ވަނަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ.
ވީމާ ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
13 އޮގަސްޓް 2026
ހޯދާ
