މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ ޤުރުޢާން މުބާތުގެ ލޯގޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

    މާލެ އަތޮޅު ގުޅީ ކައުންސިލްގެ 1448 ވަނަ ޤުރުއާން މުބާރާތުގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/2,000ރ (ދެހާސް ރުފިޔާ) ލިބޭނެއެވެ. މި މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިޚްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ މާލެ އަތޮޅު ގުޅީ ކައުންސިލަށެވެ.

 

ލޯގޯހުށަހެޅުން:

  1. ފަރުމާކޮށްފައިވާ ލޯގޯ 18 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ.
  2. އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ [email protected]  އަށެވެ.
  3. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 1 ލޯގޯއެވެ.

 

ލޯގޯއާއެކުހުށައަޅަންޖެހޭމައުލޫމާތު:

  1. ލޯގޯ ހުށަހަޅާއިރު ކަވަރ ލެޓަރއެއް ހުށަހެޅުން، އަދި ސިޓީގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި ހުރުން.
  2. ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއާއި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހުށަހެޅުން.
  3. ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވުން.
  4. ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށަހެޅުން.
  5. ލޯގޯގެ ސޮފްޓް ކޮޕީ 150 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީ.ޕީ.އައި ރިޒޮލިއުޝަންގައި ހުށަހެޅުން.
  6. ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށަހެޅުން.
13 އޮގަސްޓް 2026
ހޯދާ