އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިހޮސްޕިޓަލުގެ ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ، މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރު: TENDER/695/2026/04 އާއި ގުޅިގެން، އެކަމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އަލުން މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2026 އޮގަސްޓް 13 އިން، އޮގަސްޓް 24 ވަނަ ދުވަހުގެ 14:00 އަށް

އީމެއިލް [email protected] :ފޯނު ނަންބަރ: 6580029

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/39CYUwtLa8oyhPk56

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2026 ސެޕްޓެންބަރު 02 - ބުދަ

ގަޑި: މެންދުރު 11:00

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް

               

މި އިޢުލާނާއިގުޅޭ މައުލޫމާތު ޝީޓް، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިބީލަމާއި ގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޞަފަރު 1448

13 އޮގަސްޓް 2026
ހޯދާ