ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މިކޮމިޝަނަށް ބޭނުންވާ ސްމާޓް ލޮކަރ ސިސްޓަމް (ސޮފްޓްވެއަރ އާ އެކު)، މިކޮމިޝަނުގެ ސްޕެސިފިކޭޝަނާ އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 އޯގަސްޓް 12 ން 2026 އޯގަސްޓް 18 އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ލިންކް: Bid Registration Form - SLS – Fill out form
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޯގަސްޓް 2026 ވާ ބުދަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި، ސްޕެސިފިކޭޝަން މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.
29 ޞަފަރު 1448
12 އޯގަސްޓް 2026
