މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތް ފެށުމަށް އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

ރ. މާކުރަތުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދިނުމުގެ ޚިދުމަތަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. އެގްޒެމިނަރގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން  (ގިނަ ކެޓަގަރީތައް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޚާއްސަކޮށް ABCDG އޮތުންމުހިންމެވެ)
  • އަދި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 3 އަހަރު ވެފައިވާ ފަރާތެއްކަން ވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 3 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރިފަރާތެއްކަމުގައިވުން

      ވީމާ، އެގްޒަމިނަރަކަށް ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެގްޒަމިނަރަކަށް ވުމަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ނިޔަމި ސަނަދުގެ ކޮޕީ އާއި ކަނޑުގެ ލައިސެންސް ފޮތުގެ ކޮޕީއާއެކު 2026 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11 އޮގަސްޓް 2026
ހޯދާ