ދިވެހިރާއްޖެ
އިޢުލާން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމުގެ ޚިދުމަތް ފޯރުކޯށްދޭނެ އިތުރު 03 އޭޖެންސީއެއް ހޯދުން
މިހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު 3 އޭޖެންސީއެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، 2 އަހަރު ދުވަހުގެ މުއްދަތަށް، މި ހޮސްޕިޓަލުގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ބިދޭސީ މުވައްޒަފުން، ރެކްރޫޓް ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުވެރިވެލައްވާ އޭޖެންސީތަކުން، ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ނަންނޯޓް ކުރެއްވުމާއިއެކު، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުންއެދެމެވެ.
|
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް) ތާރީޚް: 2026 އޮގަސްޓް 12 އިން 24 ވާ ހޯމަދުވަހުގެ 14:00 ށް. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: އީމެއިލް: [email protected] ފޯން ނަންބަރު: 6580029 ގޫގަލް ފޯމު ލިންކް: https://forms.gle/mxJgzKBS1sypCKXQ8
|
|
ބީލަމާއިގުޅޭ ސުވާލުތައް ފޮނުވުމުގެ ސުންގަޑި |
ތާރީޚާއި، ގަޑި: 2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވަންވީ އީމެއިލް: [email protected] |
|
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް ތާރީޚް: 2026 ސެޕްޓެންބަރު 02 ވާ ބުދަ ދުވަސް ގަޑި: 13:00 (މެންދުރުފަހު) |
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓާއި، ބޭނުންވާ އެހެން ޑޮކިއުމަންޓްސް ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6580029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
29 ޞަފަރު 1448
