ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް

ހއ އަތޮޅު ހޮސްޕިޓަލުގައި ހުރި ގުދަންކޮށްގެން ބެލެހެއްޓުމަށް ބޭނުންވާ ތަކެތި ރައްކާކުރުމަށްޓަކައި ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 23 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ހއ އަތޮޅު ހޮސްޕިޓަލްގެ ކޮންފަރެސް ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީވުން: 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އިއުލާންގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް.

ގޫގުލް ފޯމް: 

https://docs.google.com/forms/d/e/1FAIpQLScRovYztsYLrDZny_W3_BX95hU3NjLXOrGxNqPfytedeLT21A/viewform?usp=dialog

ބިޑް ހުޅުވުން: 23 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

އަދި ދަންނަވަމެވެ. ގޫގަލް ފޯމް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި، ގަޑިޖެހިގެން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މި އިޢުލާނާއެކު ގޫގަލް ފޯމް ލިންކު އަދި މަޢުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.

12 އޮގަސްޓް 2026
ހޯދާ