ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މ.ކޮޅުފުށި އަދި ތ.ވިލުފުށި 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމާއި ކުރުމުގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2026/122

އިޢުލާން

މ.ކޮޅުފުށި އަދި ތ.ވިލުފުށި 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމާއި  ކުރުމުގުޅޭ:

މި އިޢުލާނާއެކު ހިމަނާފައިވާ ޓާރމްސް އޮފް ރިފަރެންސްއާއި އެއްގޮތަށް މ.ކޮޅުފުށި އަދި ތ.ވިލުފުށި 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ ސާރވޭ، ޑިޒައިން އަދި އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2026/113 އިއުލާން ބާތިލްވެފައިވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

 11 – 16 އޯގަސްޓް 2026

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

13 އޮގަސްޓް 2026

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

17 އޮގަސްޓް 2026

13:00 މެންދުރު

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިއުލާނާއި ގުޅުހުރި އިތުރު ލިޔެކިއުންތައް ރެޖިސްޓަރވާ ފަރާތްތަކާއި ޙިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ. 

      ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

11 އޮގަސްޓް 2026
ހޯދާ