އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މީހުންދިރިއުޅޭ ސަރަޙައްދުގައި ހުރި ގޯތިތަކުގެ މަގާއި ގޯޅި ސާފުކުރުމާބެހޭ

އިޢުލާނު

ރަށުގެ މީހުންދިރިއުޅޭ ސަރަޙައްދުގައި ހުރި ގޯތިތަކުގެ މަގާއި ގޯޅި ސާފުކުރުމާބެހޭ

             މިރަށަކީ ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރަމުން އަންނަ ރަށެއްގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ރީތި ދޮންވެލި ގޮނޑުދޮށަކާއި ތުނޑިއެއް ހިމެނޭ ރަށަކަށްވާތީ މިރަށަށް ރާއްޖެއިންނާއި ރާއްޖޭން ބޭރުންވެސް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރަށުގެ ހުރިހާ ސަރަޙައްދެއްގެ މަގުތަކާއި ގޯޅިތައް ކޮންމެ ދުވަހަކުވެސް ކުނިކަހައި ސާފު ކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި،އެކަން އެގޮތަށް ކުރުމަށް އަންގައި އިލްތިމާސް ކުރަމެވެ.

               މީގެ އިތުރުން ޤަވާޢިދުން ކުނިކަހައި ސާފުކޮށް ބަލަހައްޓަމުން ނުދާ ގޯތި ތަކާމެދު، ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދާނޭކަން އަންގަމެވެ.

  1. ޤަވާޢިދުން މަގު ނުވަތަ ގޯޅި ކުނި ނުކަހާނަމަ ގޯތީގެ ވެރިފަރާތަށް ނުވަތަ ޙަވާލުވެފައިވާ ފަރާތަށް އެކަން އެންގުން
  2. ގޯއްޗާއި ޙަވާލުވެފައިވާ ފަރާތަށް އެކަން އެންގުމުންވެސް ޤަވާޢިދުން މަގު ކުނިނުކަހައި 07 ދުވަސް ވެއްޖެ ނަމަ، ޤަވާޢިދުން މަގު ކުނިކަހައި ސާފު ނުކުރާ ގޯއްޗެއްކަން އެންގުމަށް މަގުމަތީގައި ބޯޑު ބެހެއްޓުން އަދި މި ބޯޑު ބަހައްޓާ ތާރީޚުން ފެށިގެން 07 ދުވަސް ތެރޭގައި ގޯތީގެ މަގު ކުނިކަހައި ސާފުކޮށްފައި ނުވާނަމަ، މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު ( 2013/R-1382) ގެ 06 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ގޯތީގެ ވެރިފަރާތް ނުވަތަ ގޯއްޗާއި ޙަވާލުވެފައިވާ ފަރާތް 500 ރުފިޔާއިން ޖޫރިމަނާ ކުރުން.
  3. މިގޮތުންވެސް ގޯތީގެ މަގާއި ގޯޅި ސާފުކޮށް ބަލަހައްޓަމުން ނުދާނަމަ،އެ މައްސަލަ ބަލައި،ބަންޑާރަ ގޯއްޗެއް ނަމަ އެގޯތި ވަކި ކުރުމަށް ނިންމުމަށް ކައުންސިލުގެ ޖަލްސާއަށް ހުށަހެޅުން.
  4. އަމިއްލަ ގޯއްޗެއްނަމަ، އެ މައްސަލަ ކައުންސިލުން ބަލައި ޝަރީޢަތަށް ހުށަހެޅުން

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

11 އޮގަސްޓް 2026
ހޯދާ