އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އޯލެވެލް އިމްތިޚާނަށް އިންވިޖިލޭޓަރުން ހޯދުމަށް

 

އިޢުލާނު

2026 ވަނައަހަރުގެ ސެޕްޓެންބަރު/އޮކްޓޯބަރ/ނޮވެންބަރު  (ސެޕްޓެންބަރު 20 ން ނޮވެންބަރު 12) ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިޙާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 'އޯޑިނަރީ ލެވެލް' ފެންވަރުގެ މީހުން މިސްކޫލަށް ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

10  

މުސާރަ:

ކޮންމެ ސެޝަނަކަށް -/200 ރުފިޔާ

ޝަރުޠުތައް:

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވުން
  3. ޖީ.ސީ.އީ. އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އެމީހަކު އިންވިޖިލޭޓްކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓްކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކަށް ނުވުން (މަންމަ، ބައްޕަ، އަނބިމީހަ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު/އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ޢަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްޕިލް.

ސުންގަޑި:

ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދޭ ފޯމް މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3325762 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

            11 އޮގަސްޓް 2026

11 އޮގަސްޓް 2026
ހޯދާ