މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ ޓްރެއިނިންގ އޮފިސަރ

                     (IUL)10-C/10/2026/81:ނަންބަރު

އިޢުލާނު

 

މަޤާމު:

ސީނިއަރ ޓްރެއިނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-429645

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ / ސެކްރެޓޭރިއަޓް ސަޕޯޓް ސެކްޝަން / ޕޮލިސްބޯޑް ޔުނިޓް/ ކ.މާލެ

މުސާރަ:

މަހަކު 9,845.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 4,595.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް:  125.00 ރުފިޔާ  (ކަނޑައަޅާފައިވާ އުޞޫލުން މަސައްކަތްކުރާ ދުވަހަކަށް)
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ވެރިންގެ ލަފާމަތިން އިދާރީ އޮނިގަނޑު އެކުލަވާލުމާއި ރިވިއުކުރުމުގެ މަސައްކަތް ކުރުން.
  2. މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން ޑިޕާރޓްމަންޓް /ސެކްޝަން/ ޔުނިޓުތަކުގެ މަސައްކަތުގެ އޮނިގަނޑަށް (ފަންކްޝަންސް) ބަދަލެއް ގެންނަންޖެހޭނަމަ، އެ ބަދަލުތައް ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގެނައުމުގެ މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ މަގާމެއް އުފެއްދުމަށް، ބަދަލުކުރުމަށް، އުވާލުމަށް ޖެހިއްޖެނަމަ އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  4. މުވައްޒަފުންގެ މަސައްކަތު ފެންވަރުބެލުމުގެ ސިވިލް ސަރވިސް ޤަވާއިދާއި އުޞޫލާއި އެއްގޮތައް މިނިސްޓްރީ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. މިނިސްޓްރީގެ މުވައްޒަފުންނަށް ބޭނުންވާ 'ޓްރޭނިންގ ރިކުއަރމަންޓް' ތައްޔާރުކުރުމާއި، ތަމްރީނު ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  6. ކުރުމުއްދަތާއި، ދިގުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ޕްރޮގުރާމުތަކާއި، ވޯކްޝޮޕް، ސެމިނާތަކާއި ސްޓަޑީ ޓުއަރތަކުގައި ރާއްޖެއިން ބޭރަށް މިނިސްޓްރީގެ ފަރާތުން ދިއުމަށް ފުރުސަތު ލިބޭ މުވައްޒަފު ނުވަތަ މުވައްޒަފުން ފޮނުވުމަށް މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ރާއްޖެއިން ބޭރުގެ ކުރުމުއްދަތާއި ދިގުމުއްދަތުގެ ކޯހާބެހޭ އެންމެހައި މަޢުލޫމާތުތައް މުވައްޒަފުންނަށް ފޯރުކޮށްދިނުމާއި ރެކޯޑްތައް ބެލެހެއްޓުން.
  8. މުވައްޒަފުން ކިޔެވުމަށްޓަކައި ޕޭލީވް/ ނޯޕޭލީވް ހޯދުމަށް އެދުމުން ޔުނިޓުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން.
  9. ތަމްރީންތައް ފުރިހަމަ ކުރާ މުވައްޒަފުންގެ ޓްރެއިނިންގ އިވޭލުއޭޝަން ރިޕޯޓް ތައްޔާރުކުރުން.
  10. މިނިސްޓްރީގެ މަޤާމުތަކުގެ ދާއިރާތައް (ގުޅޭ ވަޒީފާގެ ދާއިރާތަކާއި ތައުލީމީ ރޮނގުތަކަށް) ބަދަލެއް ގެންނަންޖެހިއްޖެ ހިނދެއްގައި، އެ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. މީގެ އިތުރުން މުޅި މިނިސްޓްރީއަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން.
  12. ޔުނިޓުގެ މަސައްކަތްތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އެސް.އޯ.ޕީތައް އަދާހަމަކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަނ
  2. އެކައުންޓިންގ 
  3. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް 
  6. ބިޒްނަސް މެނޭޖްމަންޓް 
  7. ޗޭންޖިންގ އެޑިއުކޭޝަން 
  8. ކޮމާރސް 
  9. ކޮމްޕިއުޓަރ ސައިންސް 
  10. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން 
  11. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓްކެނޯލޮޖީ 
  12. ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން 
  13. ކަރިކިއުލަމް ސްޓަޑީސް 
  14. ޑިޕްލޮމެސީ 
  15. އިކޮނޮމިކްސް 
  16. އެޑިއުކޭޝަން މެނޭޖްމަންޓް 
  17. އެޑިއުކޭޝަނަލް އެންޓަރޕްރެނިއަރޝިޕް 
  18. އެޑިޔުކޭޝަނަލް ލީޑަރޝިޕް 
  19. އެޑިއުކޭޝަނަލް ސައިކޮލޮޖީ 
  20. އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން 
  21. އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ 
  22. އެންޓަރޕްރިނުއަރޝިޕް 
  23. ފައިނޭންސް 
  24. ފޮރިން ޕޮލިސީ 
  25. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  26. ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  27. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  28. ހިއުމަން ޑިވެލޮޕްމަންޓް 
  29. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  30. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  31. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  32. ހިއުމަން ރިސޯސަސް 
  33. ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  34. އިންކްލޫސިވް އެޑިއުކޭޝަން 
  35. އިންފޮމޭޝަން ޓެކްނޮލޮޖީ 
  36. އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް 
  37. އިންޓަނޭޝަނަލް ރިލޭޝަންސް 
  38. އިންޓަރނޭޝަނަލް ސައިންސް 
  39. ޖާނަލިޒަމް 
  40. ލޯ 
  41. ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން 
  42. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  43. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް 
  44. ލީޑަރޝިޕް އިން އެޑިއުކޭޝަން 
  45. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް 
  46. މެނޭޖްމަންޓް 
  47. މާކެޓިންގ 
  48. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ 
  49. ޕޮލިޓިކަލް ސައިންސް 
  50. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  51. ޕަބްލިކް މެނޭޖްމަންޓް 
  52. ޕަބްލިކް ޕޮލިސީ 
  53. ޝަރީޢާ 
  54. ސޯޝަލް ސައިންސް 
  55. ސޯޝިއޮލޮޖީ 
  56. ޓީޗަރ ލީޑަރޝިޕް 
  57. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  58. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 
  59. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް 

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.home.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހުގެ) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އޮންނާނީ، 2026 އޮގަސްޓް 23 އާއި 7 ސެޕްޓެންބަރ 2026 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"  (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.

28 ޞަފަރު 1448

11 އޮގަސްޓް 2026
ހޯދާ