މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 އާ ގުޅޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯރޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމުގެ މަތިން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2026" ގެ އުސޫލަށް ގެނެވުނު ފުރަތަމަ އިސްލާހާއެކު މައުރަޒުގައި ވާދަކުރުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށްވެސް ވަނީ ދެއްވާފައެވެ.
ވީމާ، މި މައުރަޒުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 30 އޮގަސްޓް 2026 ވަނަ ދުވަހުގެ ކުރިން މައުރަޒުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ރަޖިސްޓްރީވުމުގައި ކައުންސިލްގެ އެހީތެރިކަން ބޭނުންވެލައްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
11 އޮގަސްޓް 2026
ހޯދާ
