ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެގްޒެކްޓިވް

                                 ނަންބަރ: (IUL)421/421/2026/31

 

އިޢުލާން

 

           

މަޤާމް:

ކައުންސިލް އެގްޒެކްޓިވް

މަޤާމުގެ ނަންބަރ:

J-458641

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސާރވިސް ރޭންކް 9 - ސްޓެޕް 1

މަޤާމްގް ކްލެސިފިކޭޝަން:

-

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ގދ.ވާދޫ ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު-/16080

މަޤާމްގެ އެލަވަންސް

މަހަކު: -/7505 (01 ވަނަ ހަރުފަތުގެ މިންވަރު )

 އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތެއްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް -/205 (ރުފިޔާ) ލިބޭނެއެވެ.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. މިމަޤާމަކީ ޤާނޫން ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު ) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުތަކުގެ ތެރޭގައި ހިމެނޭ މަޤާމަކަށްވަތީ، މިމަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ކައުންސިލްގެ އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓެރީ ޖެނެރަލްއަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
  3. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުމާއިއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  4. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކައުންސިލާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން
  5. މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލް އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން  ރާވައި، ހިންގައި ބެލެހެއްޓުން.
  6. ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި މުވައްޒަފުންނަށް ފަހި، އަމާން އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.
  7. ސިޓީގެ، އަތޮޅުގެ ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ހިންގުމަށް ރޭވޭ އެކި މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުން.
  8. ކައުންސިލްގެ އިދާރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަވަސް ޚިދުމަތްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަމުގެ ލަފާ ސެކްރެޓަރީ ޖެނެރަލް އަށް އެރުވުން
  9. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުޞޫލުތަކުގެ ދަށުން ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން
  10. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމާ ބެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.
  11. ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ޤައުމީ ތަރައްޤީގެ ޕްލޭން / އެކްޝަން ޕްލޭނުގެ ދަށުން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން. އަދި މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  13. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުޞޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ތަންފީޒުކުރުމުގެ މަސައްކަތް ރާވައި، ހިންގައި ބެލެހެއްޓުން.
  14. ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދުގެ މަތިން ސިޓީ، އަތޮޅު ނުވަތަ ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  15. ކައުންސިލަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި، ދައުލަތުގެ ޕްރޮކިއުމަންޓް ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެފުށް ފެންނަ އަދި ޒިންމާދާރު ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން  ރާވައި، ހިންގައި ބެލެހެއްޓުން.
  16. ކައުންސިލްގެ ބިއުރޯގެ މަސައްކަތްތައް ހަރުދަނާކޮށް، ކައުންސިލަރުންގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްގެ ނިންމުންތަކާ އެއްގޮތަށް އިދާރީ ކަންކަން ތަރުތީބުކޮށް ބެލެހެއްޓުމާއި، މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ޤާއިމުކުރުން.

މަޤާމުގެ ޝަރުޠުތައް

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަނާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

     މަޤާމުގެ ތަޢުލީމީ ރޮނގުތައް / ޕްރިފަރޑް ޑިސިޕްލިން

  1. އެކައުންޓިންގ  ، އެޑްމިނިސްޓްރޭޝަން ، އެގްރިކަލްޗަރަލް ސައިންސް  ، އެންތްރޯޕޮލޮޖީ  ، އާކިޓެކްޗަރ  ، ބިޒްނަސް  ، ބިޒްނަސް އެޑްމިނިސްޓްރޭޝަން  ، ބިޒްނަސް މެނޭޖްމަންޓް  ، ސިވިލް އިންޖިނިއަރިންގ  ، ކޮމާރސް  ، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  ، ކޮމްޕިއުޓަރ ސައިންސް  ، ކައުންސިލް އެޑްމިނިސްޓްރޭޝަން  ، ކަލްޗަރ އެންޑް ހެރިޓޭޖް  ، ޑިމޮގްރަފީ  ، ޑިވެލޮޕްމަންޓް ސްޓަޑީޒް  ، ދިވެހި ލެންގްއޭޖް  ، އިކޮނޮމިކްސް  ، އެޑިއުކޭޝަން  ، އެންވަޔަރަންމަންޓަލް ސައިންސް  ، ފައިނޭންސް  ، ގަވަރނަންސް  ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  ، ހިއުމަން ރިސޯސް  ، އިންފޮމޭޝަން ޓެކްނޮލޮޖީ  ، އިންޓަނޭޝަނަލް ރިލޭޝަންސް  ، ލޯ  ، ލީޑަރޝިޕް  ، ލައިބްރަރީ ސައިންސް  ، ލޯކަލް ގަވަރނަންސް  ، މެނޭޖްމަންޓް  ، މެރީން ސައިންސް  ، މާކެޓިންގ  ، އޮފީސް އެޑްމިނިސްޓްރޭޝަން  ، ޕޮލިސީ ސްޓަޑީޒް  ، ޕޮލިޓިކަލް ސައިންސް  ޕްރޮޖެކްޓް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން  ، ޕަބްލިކް މެނޭޖްމަންޓް  ، ޕަބްލިކް ޕޮލިސީ  ، ޕަބްލިކް ރިލޭޝަންސް  ، ރިލިޖަސް ސަރވިސަސް  ، ޝަރީޢާ އެންޑް ލޯ  ، ސޯޝަލް ސައިންސް  ، ސޯޝަލް ވޯރކް  ، ސޯޝިއޮލޮޖީ  ، ސްޕޯޓްސް މެނޭޖްމަންޓް  ، ސްޓެޓިސްޓިކްސް  ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ  ،ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  ، އަރބަން ޕްލޭނިންގ  ، އާބަން ސްޓަޑީޒް.  

 

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5%

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

 

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

 

5%

ޕްރެޒެންޓޭޝަން

 

10%

އެސެސްމަންޓް ( އިމްތިޙާން ނުވަތަ ޕްރެކްޓިކަލް )

 

15%

އިންޓަރވިއު

 

30%

 

ނޯޓް: މަގާމަށް ޢައްޔަށް ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓްގެ ޖުމްލަ %60 ( ފަސްދޮޅަސް އިންސައްތަ ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2026 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގދ.ވާދޫ ކައުންސިލް އިދާރާއަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ( [email protected] ) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައި ގަނެވޭނެވެ.

 

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި،ތަޖުރިބާއަށްބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެވެ.

" އިންޓަރވިއު އަދި ޕްރެކްޓިކަލް  އޮންނާނެ ތަނާއި ، މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) އާއި އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026އޮގަސްޓް 26 ބުދަ ދުވަހާއި 2026 އޮގަސްޓް 31 ވާ ހޯމަ ދުވަހާއި ދެމެދުއެވެ.

އެސެސްމެންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް) އާއި އިންޓަވިއުއަށް ހާޟިރުވާންޖެހޭ ގަޑި އެފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް ) އާންމު ކުރުން.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ޝީޓް ) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 03 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސް " އައްޔަންކުރުމުގެ އުސޫލާއިގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu)  އިން ލިބެން ހުންނާނެއެވެ.

       

 

28 ސަފަރު  1448

11 އޮގަސްޓް 2026

 

                                                          ލަމްޢާން ވަޙީދު

                                                        ކައުންސިލްގެ ރައީސް

11 އޮގަސްޓް 2026
ހޯދާ