ދިވެހިރާއްޖެ
އިންނަމާދޫ ސްކޫލް
ރ.އިންނަމާދޫ، ދިވެހިރާއްޖެ ނަމްބަރ: (IUL)GS123/968/2026/06
އިޢުލާން
މިސްކޫލުގެ މިދަންނަވާ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި އިޢުލާނު (ނަމްބަރ: (IUL)GS123/968/2026/06، ތާރީޚް: 11 އޯގަސްޓް 2026) ގައި މީލާދީ ތާރީޚް ރަނގަޅަށް ލިޔެވިފައި ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް، އިޢުލާނުގެ ތާރީޚް ރަނަގޅު ކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.
އިންނަމާދޫ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު ފޯރުކޮށްދޭނެފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމު މިސްކޫލުން މިކަމާއި ގުޅިގެން ޢާއްމުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ކުލައާއި ފަރުމާތަކާއި އަދި ކޮލިޓީ އާއި އެއްގޮތްވާގޮތަށް އަމިއްލަ ތަކެތީގައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 އޯގަސްޓް 16 ވާ އާދީއްތަ ދުވަހުގެ ހަވީރު 18:00 ގެ ކުރިން މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިންކުގައިވާ ބިޑް ރެޖިސްޓްރޭޝަންފޯމު ފުރުއްވުމަށް ފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ރެޖިސްޓްރޭޝަން ފޯމުގެ ލިންކު: https://forms.gle/eZwD8XytU5SPnQiSA ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުދައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މި އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ސެޝަނާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމާއި، ބަލައިގަތުން އޮންނާނީ ތިރީގައިމިވާ ތާވަލާއި އެއްގޮތަށެވެ.
|
މަޢުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީ ހިސާބު (ބިޑު) ހުށަހެޅުން |
|
ތާރީޚް: 2026 އޯގަސްޓް 17 ( ހޯމަ) |
ތާރީޚް: 2026 އޯގަސްޓް 18 (އަންގާރަ) |
|
ގަޑި: 10:00 ތަން: އިންނަމާދޫ ސްކޫލް (އިދާރާ) |
ގަޑި: 10:00 ތަން: އިންނަމާދޫ ސްކޫލް(އިދާރާ) |
މި އިޢުލާނާއި ގުޅޭ ފޯމުތަކާއި އަދި މަޢުލޫމާތު ކަރުދާސް މި އިޢުލާނުގެ އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ.
- މި ބީލަމާއި ގުޅޭގޮތުން އިތުރަށް ކަމެއް ސާފުކުރަންވަން ބޭނުންފުޅުވެލައްވާނަމަ، އެކަމެއް 2026 އޯގަސްޓް 16 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ސްކޫލުގެ ރަސްމީ މެއިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މިޚިދުމަތް ދިނުމަށް އެދި ބީލަން ހުށަހެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރ (18/2014) ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރ: (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
- ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެއްވޭނީ އެއްފަރާތެކެވެ.
- ބީލަމުގެ ރަޖިސްޓްރީގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މި އިޢުލާނަށް އެއްފަރާތަކުން ކުރިމަތިލީ ކަމުގައިވީނަމަވެސް ޝަރުޠު ހަމަވާކަމަށް ބިޑު އިވެލުއޭޝަން ކޮމިޓީން ނިންމައިފިނަމަ، އެފަރާތަކާއި މި މަސައްކަތް ޙަވާލުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަމްބަރ 6580359 އާއި ގުޅުއްވުން އެދެމެވެ
އީމެއިލް އެޑްރެސް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.
11 އޯގަސްޓް 2026
