މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ ކައުންސިލުގެ ރިސެޕްޝަން އޭރިޔާ ހެދުން އަދި އިދާރާގެ އިތުރު ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

            

                   ކ. ގުރައިދޫ ކައުންސިލުގެ ރިސެޕްޝަން އޭރިޔާ ހެދުން އިދާރާގެ އިތުރު ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 200 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

-     ޓްރާންސްފަރ ސިލިޕް

                  އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 20 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ކ.ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ސެކިއުރިޓީ އެއްގެ ގޮތުގައި 5000.00 (ފަސްހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 އޮގަސްޓް 2026

10 އޮގަސްޓް 2026
ހޯދާ