ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ އެންޓަރޕްރައިސް ސްޓޯރޭޖް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 13 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތާ އެކު މެއިލްކުރެއްވުމަށް ދަންނަވަމެވެ.
- ހުށަހަޅާ ވިޔަފާރީގެ ނަން
- ވިޔަފާރި ރަޖިސްޓަރީ ނަންބަރު އަދި އެސް.އެމް.އީ ރަޖިސްޓްރީ ނަންބަރު
- ގުޅޭނެ ފަރާތުގެ ނަން
- މެއިލް އެޑްރެސް
- ފޯނު ނަންބަރު
ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު، 10:00 އަށް މި ޑިޕާޓްމަންޓަށް(ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ތީމުގެ، އާބުރުޒުހިނގުން) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބެއް ހުށައެއް ނޭޅުއްވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެއެވެ.
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
