މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓުގެ ވަށާފާރާއި، ޢިމާރާތުގެ އެތެރާއާއި ބޭރު ފާރުގައި ކުލަކަހާ ކުލަލުން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ   

            އަމިއްލަ ތަކެތީގައި މިކޯޓުގެ ވަށާފާރުގެ ބޭރު އަދި އެތެރެ އާއި ކޯޓު ޢިމާރާތުގެ ބޭރު އަދި އެތެރޭގައި ކުލަކަހައި ކުލަލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

            މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2026 އޯގަސްޓް 17 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2026 އޯގަސްޓް 18 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިއިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ، ރަސްމީގަޑީގައި މިކޯޓުގެ ނަންބަރު 6640332 ފޯނާއި ގުޅުއްވުންއެދެމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ