މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ބޭނުންވެއްޖެ

  1. ބ.ހިތާދޫ ފުޓްސެލް ދަނޑު ފެންސުގެ ހޮޅިތައް ބޯލްޓްކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  3. ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
  4. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
  5. އަދި މި މަސައްކަތަކީ 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމަން ބޭނުންވާ މަސައްކަތެއް ކަމުން، 08 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް ނިންމޭނެ މުއްދަތެއް ޖެހުމަށްވެސް ދަންނަވަމެވެ.
  6. މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ.
  7. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓް 13 ވަނަ ދުވަހުގެ 09:00 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
10 އޮގަސްޓް 2026
ހޯދާ