މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން (ހދ، ބ، އދ އަދި ގދ އަތޮޅުގައި)

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

 (ހދ، ބ، އދ އަދި ގދ އަތޮޅުގައި)

          މި ބިއުރޯގެ ފަރާތުން މިއަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ އަތޮޅުތެރޭގެ 3ވަނަ ރައުންޑް  ސެޕްޓެމްބަރ 2026 ގައި ހދ. އަތޮޅު، ބ. އަތޮޅު، އދ. އަތޮޅު އަދި ގދ. އަތޮޅުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭގެ މަޤްސަދަކީ ގޭބިސީގެ އެވަރެޖް އާމްދަނީއާއި ޚަރަދު އަދި އެކިބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.

          މިގޮތުން މިސާރވޭގައި ހަރަކާތްތެރިވުމަށް ތިރީގައި ދެންނެވިފައިވާ ގޮތަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިއަތޮޅުތަކުގައި ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 13 – 17 ސެޕްޓެމްބަރ 2026އަށް އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދާނީ 19 – 27 ސެޕްޓެމްބަރ 2026އަށެވެ.

ހދ.އަތޮޅު

ހދ. ކުޅުދުއްފުށި

30 އެނިއުމަރޭޓަރުން

ހދ. ހަނިމާދޫ

6 އެނިއުމަރޭޓަރުން

ހދ. ކުމުންދޫ

4 އެނިއުމަރޭޓަރުން

ހދ. ކުރިނބީ

2 އެނިއުމަރޭޓަރުން

ހދ. މަކުނުދޫ

4 އެނިއުމަރޭޓަރުން

ހދ. ނެއްލައިދޫ

2 އެނިއުމަރޭޓަރުން

ހދ. ނޭކުރެންދޫ

2 އެނިއުމަރޭޓަރުން

ހދ. ނޮޅިވަރަމު

4 އެނިއުމަރޭޓަރުން

ހދ. ނޮޅިވަރަންފަރު

4 އެނިއުމަރޭޓަރުން

ހދ. ހވައިކަރަދޫ

2 އެނިއުމަރޭޓަރުން

*ހދ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައި

 

ބ.އަތޮޅު

ބ. އޭދަފުށި

4 އެނިއުމަރޭޓަރުން

ބ. ދަރަވަންދޫ

2 އެނިއުމަރޭޓަރުން

ބ. ހިތާދޫ

2 އެނިއުމަރޭޓަރުން

ބ. ކަމަދޫ

2 އެނިއުމަރޭޓަރުން

ބ. ކެންދޫ

2 އެނިއުމަރޭޓަރުން

*ބ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބ. އޭދަފުށިގައި

 

އދ.އަތޮޅު

އދ. މާމިގިލި

6 އެނިއުމަރޭޓަރުން

އދ. މަހިބަދޫ

4 އެނިއުމަރޭޓަރުން

އދ. ދަނގެތި

2 އެނިއުމަރޭޓަރުން

އދ. ދިގުރަށް

2 އެނިއުމަރޭޓަރުން

އދ. ކުނބުރުދޫ

2 އެނިއުމަރޭޓަރުން

*އދ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އދ. މާމިގިލިގައި

ގދ.އަތޮޅު

ގދ. ތިނަދޫ

14 އެނިއުމަރޭޓަރުން

ގދ. ގައްދޫ

6 އެނިއުމަރޭޓަރުން

ގދ. މަޑަވެލި

4 އެނިއުމަރޭޓަރުން

ގދ. ނަޑެއްލާ

2 އެނިއުމަރޭޓަރުން

ގދ. ފަރެސް-މާތޮޑާ

2 އެނިއުމަރޭޓަރުން

ގދ. ފިޔޯރީ

2 އެނިއުމަރޭޓަރުން

ގދ. ހޯޑެއްދޫ

2 އެނިއުމަރޭޓަރުން

ގދ. ރަތަފަންދޫ

2 އެނިއުމަރޭޓަރުން

ގދ. ވާދޫ

2 އެނިއުމަރޭޓަރުން

*ގދ އަތޮޅުގެ ޓްރެއިނިންގ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ. ތިނަދޫގައި

 

          މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 17 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކައިރި ރަށްރަށަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ.

ތިރީގައި އެވަނީ މިސަރވޭގައި މަސައްކަތްކުރާ އެނިއުމަރޭޓަރުންނަށް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލްއެވެ.

-  ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

-  ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

-  ފުޑް އެލަވަންސް -/300 ރުފިޔާ

-  ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

-  ރަށުން ބޭރުގައި ޓްރެއިންވާ / މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ދަތުރު ޚަރަދު، ކެއުން އަދި ހުރުމުގެ އިންތިޒާމް އެމް.ބީ.އެއްގެ ފަރާތުން ހަމަޖައްސާދެވޭނެއެވެ.

 

          ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 3 ސެޕްޓެމްބަރ 2026ގެ 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008416 ނުވަތަ 3008488 އިން ލިބިވަޑައިގަންނަވާނެއެވެ.

https://applications.stats.gov.mv/apply/hies-2026-application-form-atolls-2

…………………………………………………………………

10 އޮގަސްޓް 2026
ހޯދާ