މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުމާ ގުޅޭ:
ރ. މާކުރަތު އުތުރުފަރާތު ބަނދަރުގެ ހުޅަނގު ކޮޅުގައި ހެދުމަށް ހަމަޖެހިފައިވާ ޑިންގީޖެޓީގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންކަމުން އެ ސަރަހައްދުގައި ބަހައްޓާފައިވާ ޑިންގީ، ލަކުޑި އަދި އެހެނިހެން ތަކެތި 13 އޮގަސްޓް 2026 ގެ ކުރިން ނަގާ ބިންސާފުކުރުމަށް ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެތި މިކައުންސިލްގެ ފަރާތުން ނަގާ އުސޫލުގެ ތެރެއިން ނެގޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
10 އޮގަސްޓް 2026
ހޯދާ
