މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީ އެކުލަވައިލުމާއި ގުޅޭ

           ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ނ) ގެ (4)؛ 'ބ. ހިތާދޫ ރައްޔިތުން ތަމްސީލުކުރާ 2 މެމްބަރުން.' މި މާއްދާގެ ދަށުން، ކޮމިޓީގައި ޢާންމު ރައްޔިތުންގެ ތެރެއިން ހިމެނުމަށް ކަނޑައަޅާފައިވާ 2 މެމްބަރުން ކަނޑައެޅުމަށްޓަކައި، އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަށް ހޯދުމަށްޓަކައި ކުރެވުނު ނަންބަރު (IUL)322/322/2026/67 (12 ޖުލައި 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝަޢުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އެފުރުސަތު އަލުން ހުޅުވާލަމެވެ.

           ވީމާ، މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ، 'ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމާއި، މެންބަރުން އިންތިހާބުކުރުމުގެ އުސޫލު' ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 'ކޮމެޓީގެ ކޮންމެ މެންބަރަކީ އެ މެންބަރެއްގެ ނުވަތަ އެމެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.'، މި ޝަރުތު ހަމަވާ ފަރާތްތަކުން، 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ލިޔުމަކުން، މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ލިޔުމުގައި، އެބޭފުޅެއްގެ ނަމާއި، ދާއިމީ އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ފޯން ނަންބަރު ހިމެނެއްވުން އެދެމެވެ.

          

 

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ