މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި ބިމެއް ކުއްޔަށްދޫކުރުމާއިގުޅޭ

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

 ށ.ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި ބިމެއް  ކުއްޔަށްދޫކުރުމާއިގުޅޭ

 

  ށ.ފީވަކު ބަނދަރު ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ  ފިއުލް ސްޓޭޝަނެއް ތަރައްޤީކުރުމަށްޓަކައި 3974.36 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް މި އިދާރާއިން ވަނީ ކަނޑައަޅާފައެވެ.

މި ބިމަކީ ގިނަވެގެން 40 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ. މި ބިމުގައި އޮޑިދޯނިފަހަރަށާއި އެއްގަމު ދުއްވާ އުޅަނދުފަހަރަށް ތެޔޮ އަޅައިދީ، ތެޔޮ ވިއްކުމުގެ ޚިދުމަތް ދިނުމާއި، މިއާ ގުޅުންހުރި ވިޔަފާރިތައް ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝައުޤުވެރިވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

 

11 އޮގަސްޓް 2026 ވަނަ ދުވަހުގެ 08:00 އިން 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ބިޑް ފޯމް މި ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުނަނާނެއެވެ. ބިޑްފޯމެއްގެ އަގަކީ -/2000 (ދެހާސް) ރުފިޔާއެވެ. ބިޑް ފޯމް ގަތުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރ 7724700376001 (1314 REVENUE 1) އަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ކައުންސިލްގެ ވައިބަރ ނަންބަރު 9123855 އަށް ސްލިޕް ވައިބަރ، ނުވަތަ މި އިދާރާގެ އީމެއިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ، ކައުންސިލް އިދާރާއަށް ދުރުވެ ނަގުދު ފައިސާއިން މި ފައިސާ ދެއްކެވޭނެއެވެ.

 

މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން ކުރިއަށް ދާނީ، 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހު 13:30 ގައި ފީވަކު ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ބިޑްފޯމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެކަންޏެވެ.
  • މި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ އިތުރު ހުށަހެޅުމެއް ނެތްނަމަ، ބައްދަލުވުމަށްފަހު ބިޑް ފޯމް، ބައްދަލުވުމުގެ ބައިވެރިންނަށް ޙަވާލުކުރެވޭނެއެވެ. ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.

 

ބީލަން ހުށަހެޅުން

މި ބީލަމުގައި ބައިވެރިވެލެއްވޭނީ ޤާނޫން ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) އާއި، ޤާނޫން ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށެވެ.   

 

  1.  ޕްރޮޕޯސަލްތައް   ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށައެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކާކުކަން އެނގޭނެފަދަ ރަސްމީ ލިޔުމެއް ގެންނަން ވާނެއެވެ. ކުންފުންޏަކުން ބީލަން ހުށަހަޅާ ނަމަ، ނުވަތަ ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާ ނަމަ، ބީލަން ހުށަހަޅާ ފަރާތުގެ ސިޓީ (ޕަވަރ އޮފް އެޓާރނީ) އަކާއި ބަދަލުގައި ފޮނުއްވާ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ބީލަމާއި ވަކިން ހުށާހަޅުއްވަން ވާނެއެވެ.

 

   ބީލަމާއި ވަކިން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ލިޔުމަކީ ބީލަމުގެ ބައެއް ކަމުގައި ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އަދި ބީލަން ހުށައެޅުމުގެ ބައްދަލުވުމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 23 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 13:30 ގައި ށ.ފީވަކު ކައުންސިލްގެ އިދާރާގައެވެ. މި ބައްދަލުވުމަށް ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6540046 އަށް ގުޅުއްވާ، މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ