މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

                  އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީގެ އައްޑޫ ޕްރޮޖެކްޓް އޮފީސް ހިތަދޫގައި ހިންގުމަށް އިމާރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)491-CDS3/491/2026/123 އިއުލާންގެ އިންފޯމޭޝަން ޝީޓްގެ ސެކްޝަން 2 އަކަށް އިސްލާހެއް ވަނީ ގެނެވިފައެވެ. ބީލަން ހުށަހެޅުމަށް ބޭނުން ކުރަންވާނީ މި އިއުލާންގައި އެޓޭޗް ކުރެވިފައިވާ އެމެންޑަޑް އިންފޯމޭޝަން ޝީޓްއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހުޅުވާލަމެވެ

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 13 އޮގަސްޓް2026ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ދިރާމުލި، ޒިޔާރާތްމަގު، ސ. ހިތަދޫގަގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ހުޅުވާލަމެވެ
  • އަމީނީ މަގު، ދަރުބާރުގެ
  • ކ.މާލެ،
  • އީމެއިލް: [email protected]

 

                                                           

                                                  

 

10 އޮގަސްޓް 2026
ހޯދާ