މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ. މެދުފަރުގައި ހިންގަމުންދާ ސޮނެވާ ޖާނީ ރިޒޯޓުގެ އިމުގެ ތެރޭގައި ކަނޑައަޅާފައިވާ ސަރަހައްދަކީ "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް" (އޯ.އީ.ސީ.އެމް) ގެ ލަގަބު ލިބިފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުން
އުސޫލު ނަންބަރު 2022-/G-12 (ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގައި "އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް" (އޯ.އީ.ސީ.އެމް) ޤާއިމުކޮށް، އެފަދަ ސަރަހައްދުތައް ކަނޑައެޅުމުގެ އުސޫލު) ގެ ދަށުން 10 އޮގަސްޓް 2026 އިން ފެށިގެން، ނ. މެދުފަރުގައި ހިންގަމުންދާ ސޮނެވާ ޖާނީ ރިޒޯޓުގެ އިމުގެ ތެރޭގައި ކަނޑައަޅާފައިވާ ސަރަހައްދަކީ އޯ.އީ.ސީ.އެމްގެ ލަގަބު ލިބިފައިވާ ސަރަހައްދެއް ކަމުގައި ކަނޑައަޅައި، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ އުސޫލު ނަންބަރު 2022/12-G ގެ ދަށުން މި ސަރަހައްދު ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންގައިވާ ގޮތުގެ މަތިންނެވެ.
10 އޮގަސްޓް 2026
ހޯދާ
