މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއްކި ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ

ކ.ހިންމަފުށީގައި އަލަށް ހިއްކުނު ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ

          މިރަށު ހިއްކި ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތަށް ޗާރޓްގައި ފާހަގަ ކުރެވިފައިވާ 2770 އަކަފޫޓުގެ 4 ގޯތި ވިއްކުމަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ. އަދި މި4 ގޯތި ވިއްކުމަށް ކުރިން ކުރެވުނު ނަންބަރު: (IUL)335-AS/335/2026/80 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތަށް ކުޑަކަމަށްވާތީ، އެބިޑްތައް ބާޠިލްކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

           ވީމާ، މިބިންތައް ގަތުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި، ނުވަތަ މިއިދާރާއަށް ދުރުވެ، 11 އޮގަސްޓް 2026 ވަނަ ދުވަހުގެ 10:00 ން ފެށިގެން 18 އޮގަސްޓް 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް  ނޯންނާނެއެވެ.

           މި 4 ގޯތި ވިއްކުމަށް ފެށޭ އަގަކީ އަކަފޫޓަކަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) ކަމުގައިވެސް ދެންނެވީމެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިން ގަތުމަށް އެދޭ ބިޑު ފޯމް ވިއްކުން

(ބިން ގަތުމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 10000.00 ރުފިޔާއަށް )

11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 18 އޮގަސްޓް 2026 ވާ އަންގާރަ 

ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން 

19 އޮގަސްޓް ވާ ބުދަ ދުވަހު

މެންދުރު 11:00 

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

31 އޮގަސްޓް 2026 ވާ ހޯމަ ދުވަހު

މެންދުރު 13:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.

ލިންކް: https://forms.gle/FPCMhECo3csyAE54A

       ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

09 އޮގަސްޓް 2026
ހޯދާ